ހޮޅުދޫ 16 އަހަރުން ދަށުގެ ޓީމާއެކު ކޭއެންޖީ ޓީމު ކުޅުނު މެޗަކީ ރަނގަޅު ތަޖުރިބާއެއް: ކޭއެންޖީ

ނ. ހޮޅުދޫ މޫސާ އެކަޑަމީގެ 16 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއެކު ނ. ވެލިދޫ ކުޑަކަންމަތި ނިއުޖެނަރޭޝަން (ކޭ.އެން.ޖީ) ގެ 16 އަހަރުން ދަށުގެ ޓީމް ކުޅުނު މެޗަކީ ރަނގަޅު ތަޖުރިބާއެއް ކަމަށް ކޭއެންޖީން މިއަދު ބުނެފި އެވެ.

ވެލިދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު މި އެކުވެރިކަމުގެ މެޗަކީ ކޭއެންޖީން އިސްނަގައިގެން ނ.ހޮޅުދޫ، "މޫސާ އެކަޑަމީއަށް" ދައުވަތުދީގެން ކުޅުނު މެޗެކެވެ.

މޫސާއެކަޑަމީގެ ޓީމް ވެލިދޫއަށް އައުމުން ކޭއެންޖީން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި މެޗުގައި 02 ލަނޑު 00 ލަނޑުން މޫސާ އެކަޑަމީ ޓީމް މެޗް ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ އާދަޔާ ހިލާފު މޮޅުކުޅުމެއް ފެނިފަ އެވެ.

އެންޑީއަށް މައުލޫމާތު ދެއްވަމުން ކޭއެންޖީ ގެ ރައީސް މުހައްމަދު ފަވާޒް ވިދާޅުވީ ކޭއެންޖީން ހިންގިފައިވާ މިއިވެންޓަކީ ވަރަށް ކާމިޔާބުކަމާއެކު ގެންދެވުނު އިވެންޓެއްކަމަށާއި މިމެޗުގެ މަގްސަދަކީ ވެލިދޫގައި އުފެދެމުން އަންނަ 16 އަހަރުންދަށުގެ ޒުވާން ކުޅުންތެރިންނަށް އަތޮޅޮތެރޭ ރަށްތަކުގެ އެހެން ޓީމުތަކާއިއެކު ވާދަކޮށް ކުޅުމުގެ ފުރުސަތުދީ ތަޖުރިބާ ހޯދައިދިނުމެވެ. އަދި ވެލިދޫ ކައުންސިލާއި، ވެލިދޫ ސްޕޯރޓްސް ކައުންސިލުން މިއިވެންޓް ކުރިއަށްގެންދިއުމަށް ދެއްވި އެއްބާރުލުން ވަނީ އޭނާ ފާހަގަ ކޮށްފަ އެވެ

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST