ވެލިދޫ އާ ކުނިކޮށީގައި އަލިފާން! ރައްޔިތުންނަށް އެތައް އުނދަގުލެއް ވެއްޖެ

 

ނ. ވެލިދޫގައި އަލަށް ހެދި ކުނިކޮށީގައި ރޭ ދަންވަރު ރޯވެއްޖެ އެވެ.

ރޭ ދަންވަރު 1:00 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނު ފުލުހުންގެ އެހީގަ އެވެ.

އަލަށް ހެދި ކުނިކޮށްޓަކީ ވެލިދޫ ކައުންސިލުން އެއްގޮތަކަށް ވެސް ކުނި ނާންދާނެ ކަމަށް ބުނެ، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ގާއިމުކުރި ކުނިކޮށްޓެކެވެ. ކައިރިގައި ދިރިއުޅޭ ގެތަަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށް، އުނދަގޫވެފަ އެވެ. އަދި ބައެއް ގޭގެ ކޮޓަރިއަށް ދުންވަދެ، ނިދަން އުނދަގޫވުމުގެ ސަބަބުން ރައްޔިތުން ދަނީ އެ ޝަކުވާ އުފުލަމުންނެވެ.

މި ކުނިކޮށްޓާ ޖެހިގެން ހުންނަ ބްލޮކްގެ ގޯޅި އާއި މައިމަގުގައި މީހުން ދިރިއުޅެމުން އަންނަ އިރު އެ ސަރަހައްދުގައި ކުނިކޮށި ނުހެދުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދިޔަ އެވެ. މި ސަރަހައްދަކީ މީގެ ކުރިން ވެސް ކުނިކޮށި ގާއިމުކުރުމުން އުނދަގޫވެގެން ކުނި އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާ ސަރަހައްދެކެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން ވިދާޅުވީ ކުނިކޮށީގައި އަމިއްލަ އަށް ރޯ ނުވާނެ ކަމަށެވެ.

"ލައްބަ އަޅުގަނޑުދެރަވޭ ކަންބޮޑުވެސްވޭ އެކަމަކު އެތާކު އަމިއްލަ ޒާތުގައި ރޮލެއް ނުވާނެ؟" އަސްމާ ވިދާޅުވި އެވެ.

އަސްމާ ވިދާޅުވީ ވެލިދޫގައި ކުނިގޮނޑު ކުރިން ވެސް މިހާރު ވެސް އޮތީ އެކަށީގެންވާ ތަނެއްގައި ނޫން ކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިވަގުތު ވެލިދޫގައި އެފަދަ ބިމެއް ނެތުމުން ރަށާއި ނައްޓާ ކުނިކޮށި ހެދުމަށް ބިމެއް ހިއްކަންޖެހޭ ކަމަށް ވެސް އަސްމާ ފާހަގަ ކުރެއްވެވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST