ވެލިދޫގައި ބޭއްވި އެފްއޭއެމް "ޑީ" ސެޓްފިކެޓް ކޯހުގެ ބާއްވެރިންނަށް ސެޓްފިކެޓް ދީފި

ނ.ވެލިދޫ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ޔަންގް ވިސްޑަމްސް އާއި އެފްއޭއެމް އާއި ގުޅިގެން ޑީ ސެޓްފިކެޓް ކޯހެއްބާއްވައިފި އެވެ.

މިކޯހުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ކޯޗް މުހައްމަދު ޝާހިދުއެވެ. މިކޯހުގައި އަތޮޅު ތެރޭންވެސް ދެބައިވެރިން ބައިވެރިވި އެވެ. މި ކޯސްކުރިޔަށް ގެންގޮސްފައި ވަނީ މަހުގެ 5 ން 7 އަށްށެވެ. ވެލިދޫގައި ހިންގި މިކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވެލިދޫ ޒުވާނުންމަރުކަޒުގަ އެވެ. ރޭގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ ވެލިދޫގައި ފުޅާދާއިރާއެއްގައި ގިނަޒަމާންތަކެއް ވަންދެން  ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ނ. ވެލިދޫ ހެޕީސްޓަރ އަބްދުލްޢަނީ އިބްރާހިމް އެވެ.

ރޭގެ މިރަސްމިއްޔާތުގައި ކޯޗް މުޙައްމަދު ޝާހިދު ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ. ކޯޗް ޝާހިދުގެ ވާހަކަފުޅުގައި ސެޓްފިކެޓެއް އޮތުމަކުން ލިބުމަކުން ކުރާނެ މާބޮޑުފައިދާއެއް ނޯންނާނެކަމަށާއި ކިޔެވި އެއްޗެއްގެ ބޭނުން އަމަލީ މައިދާނުގައި ބޭނުންކުރުމަށް ބައިވެރިންނަށް ގޮވާލެއްވި އެވެ.

މިރަސްމިއްޔާތުގައި ޔަންގް ވިސްޑަމްސްގެ ރައީސް އަމްޖަދު ހުސައިންވެސް ވާހަކަފުޅު ދެއްކެވި އެވެ. އަމްޖަދުގެ ވާހަކަފުޅުގައި ޔަންގްވިސްޑަމްސްގެ މަޤުސަދާއި ކުޅިވަރުކުޅުމާއި ، ކުޅިވަރުކުޅުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދެއްކެވި އެވެ. ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޔަންގްވިސްޑަމްގެ ނައިބް ރައީސް އަބްދުﷲ އަލީ އެވެ. މިރަސްމިއްޔާތުގައި މިކޯހަށް އެހީތެރިވެދެއްވިފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ސެޓްފިކެޓެއް ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST