ގައުމީ ޤުރްޢާން މުބާރާތުގެ ކީ ސްޓޭޖް 1 އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ނ. ވެލިދޫ އަނުމް ހޯދައިފި

ގައުމީ ޤުރްޢާން މުބާރާތުގެ ކީ ސްޓޭޖް 1 އިން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ އަދި މުޅި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ނ. އަތޮޅު ތައުލީމީ މަރުކަޒު ތަމްސީލުކޮށް، އާއިޝަތު އަނުމް އަހްސަމް ، އާޝާމް /ނ. ވެލިދޫ ހޯދައިފި އެވެ.

ނިމިދިޔަ 33ވަނަ ގައުމީ ގުރުއާން މުބާރާތުގައި އަނުމްގެ އިތުރުން ހަ ދަރިވަރަކު ވަނީ ނ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަ ކޮށްފަ އެވެ. އެ ހަ ދަރިވަރުންނަކީ ޒައިނަބް ޒާރާ ބިންތި ނިމާޒް، ވަނަޮޅު/ ނ. ވެލިދޫ، އަނާޔާ އަހުމަދު ހުސެއިން، މަލަކާ/ ނ. ވެލިދޫ، އަލީ މާޒް ބިން މުހައްމަދު، ހަނދުވަރީގެ/ ލ. ކުނަހަންދޫ، މުހައްމަދު އަމާނުﷲ އަބްދުﷲ ، ލައިލަކްހައުސް/ނ. ވެލިދޫ، އާއިޝަތު ސަޖާޔާ އަހުމަދު، ވިނަރެސް/ ނ. ވެލިދޫ އަދި އިބްރާހިމް ޝައުން، އުތުރުގެ/ނ. ވެލިދޫ އެވެ.

މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 1،273 ފަރާތަކުން ބައިވެރިވި އެވެ. މިއީ ގައުމީ ގުރްއާން މުބާރާތެއްގައި އެންމެ ގިިނަ މީހުން ބައިވެރިވި ފަހަރު ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުނެފައި ވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST