• ނ. އަތޮޅުގައި ތަރައްގީ ކޮށފައިވާ ހަތް ތަރީގެ ރިސޯޓް ރަނދެލި

މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ރަންދެލި!

މިދިޔަ އޮގަސްޓް މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު ހާމަކުރާ މޯލްޑިވްސްއެސްސީ.ކޮމްގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

މިދިޔަ ދެ މަހު ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވާ ފައިސާގެ މިންވަރު މަދުވެފައިވީ ނަމަވެސް މިދިޔަ އޮގަސްޓް މަހުގެ ސާވިސް ޗާޖު ވަނީ ރަނގަޅުވެފަ އެވެ.

ރަނދެލިން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1286.93 ޑޮލަރު ވަނީ ދީފަ އެވެ.

ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުންނެވެ. އެއީ 832 ޑޮލަރެވެ. ތިން ވަނައިގައި އޮތީ އަނަންތާރާ ކިހާވަށް ވިލާސް އެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 829.52 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ. މި ރިސޯޓުތަކުގެ އިތުރުން، ސާވިސް ޗާޖުގެ ގޮތުގައި ދެން އެންމެ ބޮޑު އަދެދެއް ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ:

ސެއިންޓް ރެޖިސް ވޮށްމުލި: 811.86 ޑޮލަރު

ދުސިތު ތާނީ މޯލްޑިވްސް: 779 ޑޮލަރު

ޑަބްލިޔު މޯލްޑިވްސް: 700 ޑޮލަރު

ވެލާ ޕްރައިވެޓް އައިލޭންޑް: 756.37 ޑޮލަރު

ފޯ ސީޒަންސް މޯލްޑިވްސް: 667.93 ޑޮލަރު

އަނަންތާރާ ދިގު ރިސޯޓް އެންޑް ސްޕާ: 661.52 ޑޮލަރު

ގްރޭންޑް ޕާކް ކޮށްދިއްޕަރު: 660.92 ޑޮލަރު

މިދިޔަ ޖޫން އަދި ޖުލައި މަހު އެއްވެސް ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި 1،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ދީފައެއް ނުވެ އެވެ. އެއީ، މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަނަށް ވާތީ އެވެ. އެހެންކަމުން، މި ހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓް މުވައްޒަފުންނަށް ލިބުނު މިންވަރު ވަނީ އެވްރެޖުކޮށް ރަނގަޅު ވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. މީގެ އިތުރުން، ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް ވަނީ މިދިޔަ މަހު ރަނގަޅުވާން ފަށާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ