ކޭއެންޖީގެ ރައީސަކަށް ފަވާޒު، ނައިބަކަށް މާދު ހޮވައިފި

ނ. ވެލިދޫ ކްލަބް ސްޓިލްރެޑާ އެފްލިއޭޓްވެފައިވާ ކުޑަކަންމަތި ނިއުޖެނެރޭޝަން (ކޭއެންޖީ) ގެ އާ ބޯޑު މިދިޔަ އާދިއްތަ ދުވަހު އެކުލަވާލައިފި އެވެ.

ކޭއެންޖީގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ޖުމްލަ 05 މަގާމަކަށް މެމްބަރުން ހޮވާފައިވާއިރު، އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވަނީ އާންމު ހުރިހާ މެމްބަރުންނަށް ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބު ކުރުމަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ރައީސް، ނާއިބްރައީސް، އިންތިޒާމް ސެކްރެޓަރީ، އެޑްމިނިސްޓްރޭޓާރ އަދި ހަޒާންދާރުގެ މަގާމްވަނީ އިއުލާން ކޮށްފަ އެވެ.

އިންތިހާބުގެ އެންމެހާކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ދެފުއްފެންނަ އިންތިހާބީ ކޮމިޓީއަކުން އާންމު މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއްވަނީލާފަ އެވެ. އެގޮތުން މެމްބަރުންގެ ތެރެއިން މަގާމުތަކަށް އިންތިހާބުވި ފަރާތްތަކުގެ ތެރޭގައި ރައީސްގެ މަގާމަށް މުހައްމަދު ފަވާޒު އަދި ނާއިބް ރައީސްގެ މަގާމަށް މުހައްމަދު މާދު އިންތިހާބުވެފައިވާއިރު އިންތިޒާމް ސެކްރެޓަރީގެ މަގާމަށް އަހްމަދު ޖައިޝަމް އަދި އެޑްމިންސްޓްރޭޓާރގެ މަގާމަށް އިބްރާހިމް ޖަޒްލާން އަދި މީގެ އިތުރުން ހަޒާންދާރުގެ މަގާމަށް އަހްމަދު ރިޟްވާން ހަބީބް ވަނީ އިންތިހާބުވެފަ އެވެ.

އެންޑީ އަށް މައުލޫމާތު ދެއްވަމުން ކޭއެންޖީގެ އަލަށް އިންތިހާބުވި ރައީސް މުހައްމަދު ފަވާޒު ވިދާޅުވީ ތަފާތު ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އަލަށް އިންތިހާބުވެގެން މިދިޔަ ހިންގާ ކޮމިޓީން މަސައްކަތް ކުރާނީ އާންމުން ބަލައިގަންނަފަދަ ހަރަކާތްތަކެއް ރަށުފެންވަރުގައި ކުރިއަށް ގެންދިއުމަށް، ތަފާތު ފެންނާނެ،" ފަވާޒު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަވާޒް ވިދާޅުވީ މިހިނގާ 2019 ވަނަ އަހަރު އަދި ކުރިއަށް އޮތް 2020 ވަނަ އަހަރު ކޭއެންޖީ ގެ ތަފާތު ހަރަކާތްތައް ރަށުފެންވަރުގައި ކުރިއަށް ގެންދިއުމަށް ރާވަމުން އަންނަ ކަމަށެވެ. އަލަށް އެކުލަވާލި ބޯޑަކީ ކޭއެންޖީގެ 11 ވަނަ ހިންގާ ކޮމިޓީ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • FahudWednesday 4th September 2019

    Olhuvaali inthihaab

  • ޕޭންޑާTuesday 3rd September 2019

    އޮޅުވާލުމެއް.

މި ލިޔުމަށް ކޮމެންޓްކުރަށްވާ