ފޮއްދޫ ފުޓްސަލް ދަނޑުގެ މަސައްކަތް 6 މަސްދުވަހުން ނިމެނޭ ކަމަށް ބެލެވޭ!

ނ. ފޮއްދޫގައި މިހާރު އަޅަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށް މިއޮތް 06 މަސްތެރޭ ނިމޭނެ ކަމަށް ލަފާ ކޮށްފި އެވެ.

މިހާރު ދަނޑުގެ މަސައްކަތްދަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އަދި މިހާރުދާ ސްޕީޑްގައި މަސައްކަތް ކުރަމުންދާނަމަ 06 މަހުން ނިންމާލެވޭނެ އެވެ.

ފޮއްދޫ ފުޓްސަލް ދަނޑަކީ ނިމިދިޔަ ސަރުކާރުގައި ފުޓްސަލް ދަނޑުތައް އަޅަމުން ގޮސް ނޭޅިހުރި ރަށްރަށުގައި މި ސަރުކާރުން ފުޓްސަލް ދަނޑު އެޅުމަށް ފެށި މަޝްރޫއުގެ ތެރެއިން ދަނޑެކެވެ. މިދަނޑު އަޅަނީ ޖޭންޖިންގ ރޫމެއް ވެސް ހިމެނޭ ގޮތަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ