ޖަމާއަތުގެ ފައިދާ އަށް ހިންގާ މަޝްރޫއުތަކަށް ފައިސޭ ލިބޭ ކައުންސިލްތަކުގެ ތެރޭގައި ހޮޅުދޫ އަދި ކުޑަފަރީ ހިމެނިއްޖެ

ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް 17 ކައުންސިލަކަށް ފައިސާގެ އެހީ ދިނުމަށް ހޯމް މިނިސްޓްރީން ނިންމިއިރު، ނ. ހޮޅުދޫ އަދި ކުޑަފަރި ހިމެނިއްޖެ އެވެ.

އޭގެ ތެރެއިން ބައެއް ކައުންސިލްތަކާއި އެކު ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީން މިހާރު ވަނީ ސޮއި ކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ފައިސާގެ އެހީ ދޭން ނިންމީ ރަށެއްގައި ޕާކް ހެދުމަށާއި، ހަ ރަށެއްގެ މަގުބައްތި ޖެހުމުގެ އިތުރުން ހަތަރު ރަށެއްގެ ގަބުރުސްތާން ވަށާފާރު ރޭނުން އަދި ރަށެއްގެ ނެރުބައްތި ޖެހުމަށް ކަމަށެވެ. އަދި އެ އެހީތައް ދޭނެ ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއި ކޮށްފައިވަނީ އއ. ހިމަންދޫ އާއި ނ. ހޮޅުދޫގެ އިތުރުން ތ. ވިލުފުށި އަދި ނ. ކުޑަފަރި ކައުންސިލާއި އެކުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫ އިން ‫ނ.ހޮޅުދޫ އެޅުމަށް ނިންމާފައި ވަނީ ކޮމިއުނިޓީ ޕާރކެއް އެޅުމަށެވެ. ‏ނ.ކުޑަފަރީގައި މި މަޝްރޫއު އިން ހިންގަން ނިންމާފައި ވަނީ މަގުބައްތި ޖެހުމަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ