"ވެލިދޫ އީދުލަވަ މިއަހަރު ކިޔާފައި ވަނީ ޝަހުދާން އަދި ޒައިބާ"

ކުރިޔަށް މިއޮތް އީދަށް ހާއްސަކޮށް ތީމް ލަވައެއް ތައްޔާރުކުރަން ނިންމާފައިވާ ކަމަށް ވެލިދޫ އީދު ކޮމެޓީން މިއަދު ބުނެފި އެވެ.

މިލަވައިގެ މެލޮޑީ އަދި ޅެން ހަދައި ދީފައި ވަނީ ނަސްމާ އަބްދުލް މުހުސިން ( ނައްކޮ) އެވެ. އަދި ލަވައިގެ މިއުޒިކް ކޮމްޕޯސް ކޮށްފައި ވަނީ ހަސަން ތައުފީގް އެވެ. މި ލަވަ ކިޔާފައި ވަނީ ހަސަން ޝަހުދާން އަދި އައިޝަތު ޒައިބާ އަލީ ނަސީރު އެވެ.

ވެލިދޫ އީދު ކޮމެޓީން ބުނީ މިލަވައަކީ އެހެން މުނާސިބަތުގައި ވެސް ބޭނުންކުރެވޭ ކަހަލަ ރީތި ލަވައެއް ކަމަށެވެ. އަދި ވަރަށް އަވަހަށް މިލަވަ ފެނިގެންދާނެ ކަމަަށް އީދު ކޮމެޓީން މައުލޫމާތުދެ އެވެ

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST