"ޓައިގަރ ލިލީ ވެސް ވެލިދޫ އަށް، އީދު ފޯރި ގަދަވާނެ"

ބޮޑުއީދުގައި ނ. ވެލިދޫ ސްޓޭޖުން ޓައިގަރ ލިލީ ވެސް ފެނިގެންދާނެ ކަމަަށް ވެލިދޫ އީދު ކޮމެޓީން މިއަދު ބުނެފި އެވެ.

ވެލިދޫ އީދު ކޮމެޓީން ބުނީ މިއަހަރުގެ އީދުގައި ވަރަށް ގިނަ ރަހަތައް ވެލިދޫ ސްޓޭޖުން ފެނިގެންދާނެ ކަމަަށެވެ. ޓައިގަރ ލިލީގައި ވެލިދޫ އަށް ނިސްބަތްވާ ތިން ކުއްޖެއް ހިމެނެ އެވެ.

ޓައިގަރ ލިލީގެ އިތުރުން ވެލިދޫ ސްޓޭޖުން "ޓްރެފިކް ޖޭމް"، "ގްރެވިޓީ" "ހަބޭސް" އަދި ވެލިދޫގެ ފަންނާނުންގެ ފަރި ހަރަކާތްތައް ވެސް ފެނިގެންދާނެ އެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ހަވާއަރުވާނެ ކަމަށް ވެސް ވެލިދޫ އީދު ކޮމެޓީން މައުލޫމާތުދެ އެވެ. މީގެ އިތުރުން މަގުމަތީ ހަރަކާތްތަކާ ކުޑަކުދިންގެ ހަވީރާ ވާދެމާއި، ފެންކުޅި މުބާރާތާއި ކޯޑި އަދި އެކި ސަގާފީ އައިޓަމްތައް އީދުގައި ފެނިގެންދާނެ ކަމަށް ވެސް ވެލިދޫ އީދު ކޮމެޓީން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST