އައްޑޫގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު މާފަރަށް ބަދަލު ކުރަނީ

އައްޑޫ އަތޮޅުގައި ހިންގަމުން އަންނަ ފްލައިން ސްކޫލު އަންނަ އަހަރު ނޫނު މާފަރު އެއާޕޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫމް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.

މީހާރު ނޫހަށް ދިން އިންޓަވިއުއެއްގައި އޭއޭއޭ އިން ބުނީ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށެވެ. އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ގަމުގައި ފްލައިން ސްކޫލު ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ކައިރިވެފައިވާ ކަމަށާއި އާކުރަން އޭއައިއޭ އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގެ ދަތުުރުތައް ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޮގަސްޓްމަހު ޓެސްޓް ފްލައިޓް ޖެއްސިއިރު މިހާރު ކުރަމުން އަންނަނީ ފެސިލިޓީ ބިލްޑިންގުތައް ނިންމުމުގެ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ޓާމިނަލާއި ގަރާޖާއި ކާގޯ ބިލްޑިންނާއި ސްޓާފް އެކޮމޮޑޭޝަން ހިމެނެ އެވެ. އެ ތަންތަނުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ