ބަލާ ސާފުކުރާ ބިމަކުން ނަފާ ނަގާނަމަ، އަކަފޫޓަކަށް 50ލ. ނަގަން ވެލިދޫ ކައުންސިލުން ނިންމައިފި

އެކި ބޭނުންތަކަށް ބަލަހައްޓާ ސާފުކުރުމަށް، ނ. ވެލިދޫ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ގޮނޑި، މޭޒުޖަހައިންނާއި އެހެނިހެން ގޮތް ގޮތުން ނަފާ ނަގާނަމަ އަކަފޫޓަކަށް 50ލ. ނެގުމަށް ވެލިދޫ ކައުންސިލުން ނިންމައިފި އެވެ.

ވެލިދޫ ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ 106ވަނަ އާންމު ބައްދަލުވުމުގަ އެވެ. އަދި މިގޮތަށް ބިންދިނުމަށް ފާސްކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ގަސްރުއް އިންދުމަށް ދީފައިވާ ބިންތައް ހުއްދަ ބާތިލްކޮށް، އެކަން އެފަރާތްތަކަށް އެންގުމަށް ވަނީ ފާސްކޮށްފަ އެވެ.

ތަފާތު މައްސަލަތައް ދިމާވާތީ މިފަދަ ބިންތައް އިޖްތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓާ ގޮތަށް ސާފުކުރުމަށް ވެސް މި ބައްދަލުވުމުގައި ނިންމާފައިވެ އެވެ. ގަސް އިންދުމަށް ދީފައިވާ ބައެއް ސަރަހައްދުތަކުގެ ގަސްތަކަށް ގެއްލުންދީ ގަސް ލުއްސާފައިވާ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • މީހާSunday 21st July 2019

    ތީ ތާކުން ތާކު ޖެހޭ ބައެއް ނޫން

  • UmeySunday 14th July 2019

    Thiya council akee vafayah manfaa vaahothah ninmun Ninmaa counsel eh eh koh corrupted council eh varah salaam

މި ލިޔުމަށް ކޮމެންޓްކުރަށްވާ