ވެލިދޫ ދާއިރާ ފުޓްސަލް މުބާރާތް: ޗެމްޕިއަންކަން ޅޮހީ އެކްސީޑުން ނަގައިފި

ވެލިދޫ ދާއިރާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނ. ޅޮހީ އެކްސީޑުން ނަގައިފި އެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިން.- ފޮޓޯ/ އެލެކްސް

އިއްޔެ ޅޮހީ ފުޓްސަލް ދަނޑުގައި ވެލިދޫ ބައޯކަލޯ އާއި އެކްސީޑް ބައްދަލުކުރި ފައިނަލް މެޗުން އެކްސީޑް ބައޯކަލޯ ބަލިކުރީ 5-1 ލަނޑުންނެވެ. އިއްޔެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެކްސީޑުންނެވެ. ނަމަވެސް ބައޯކަލޯ އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކްސީޑުން އަނެއްކާ ވެސް ލީޑްނަގައި ބައޯކަލޯ ކޮޅަށް ވަނީ 5 ލަނޑު ޖަހާފަ އެވެ.

މުބާރާތުގެ ރަނަރަޕް ޓީމް "ބައޯކަލޯ" - ފޮޓޯ/ އެލެކްސް

ވެލިދޫ ސްޕޯޓްސް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާދޭއިރު، ރަނަރަޕް ޓީމަށް ދެނީ 2500 ރުފިޔާ އެވެ.

ޗެމްޕިއަން އަދި ރަނަރަޕްޓީމް އޮފިޝަލުންނާ އެކު. ފޮޓޯ/އެލެކްސް

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST