ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ޅޮހީ ޗެމްޕިއަން އަށް "އެކްސީޑް"

ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ނ. ޅޮހީ ބައިގެ ޗެމްޕިއަންކަން "އެކްސީޑް" ނަގައިފި އެވެ.

ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ޅޮހީ ބައިގައި އެކްސީޑް ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ ސްޓްރައިކާސް އެފްސީ އާ އެވެ. އެކްސީޑް ޗެމްޕިއަންކަން ނެގީ 3-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ވެލިދޫ ސްޕޯޓްސް ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދު އޮންނާނީ ދާއިރާ ފައިނަލް އެެވެ. ޅޮހީ ފުޓްސަލް ދަނޑުގައި ކުޅޭ މި މެޗުގައި ބައްދަލު ކުރަނީ ވެލިދޫ ބައޯކަލޯ އަދި ޅޮހީ އެކްސީޑް ޓީމެވެ.

ވެލިދޫ ދާއިރާ ފުޓްސަލް މުބާރާތުގައި 09 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ވެލިދޫ 04 ޓީމަކާއި ޅޮހީ 05 ޓީމެވެ. މި މުބާރާތުގައި ވެލިދޫ ދާއިރާގެ ރަށްތަކުގެ ތެރެއިން ބައިވެރި ނުވަނީ ފޮއްދޫ އެކަންޏެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST