ވެލިދޫ ދާއިރާ ފުޓްސަލް މުބާރާތް: ވެލިދޫ ބައިގެ ގަދަ ތިނަކަށް އައްފާން، މޫސަ އަދި އާތިކް!

ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ވެލިދޫ ބައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް އަހުމަދު އައްފާން އާދަމް، މޫސަ އަބްދުﷲ އަދި މުހައްމަދު އާތިކް އަބްދުއްރައްޒާގު ހޮވިއްޖެ އެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން އައްފާން އަދި މޫސަ ނިސްބަތް ވަނީ ވެލިދޫ ބައިގެ ޗެމްޕިއަން ޓީމް ބައޯކަލޯ އަށެވެ. އާތިކް ނިސްބަތް ވަނީ ރަނަރަޕް ޓީމް އެފްސީ ކުޑަކުރާ އަށެވެ.

މި މުބާރާތުގައި ދެން އޮންނާނީ ވެލިދޫ ބައިގެ ޗެމްޕިއަން އަދި ޅޮހީ ޗެމްޕިއަން ޓީމް ބައްދަލުކުރާ ދާއިރާގެ ފުޓްސަލް ޗެމްޕިއަން ހޮވާ ފައިނަލް މެޗެވެ. ވެލިދޫ އަދި ޅޮހީ ޓީމްތައް ބައިވެރިވި މި މުބާރާތުގައި ކޮންމެ ރަށަކުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވާފައިވާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST