ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ވެލިދޫ ޗެމްޕިއަން އަށް "ބައޯކަލޯ"

މުބާރާތުގެ ވެލިދޫ ބައިގެ ޗެމްޕިއަން ޓީމް "ބައޯކަލޯ"

ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ނ. ވެލިދޫ ބައިގެ ޗެމްޕިއަންކަން "ބައޯކަލޯ" އިން ރޭ ނަގައިފި އެވެ.

ވެލިދޫ ދާއިރާގެ ފުޓްސަލް މުބާރާތުގެ ވެލިދޫ ބައިގައި ބައޯކަލޯއާ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ އެފްސީ ކުޑަކުރާ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ. ބައޯކަލޯ އަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ ވެލިދޫ ބައިގެ ރަނަރަޕް ޓީމް "އެފްސީ ކުޑަކުރާ"

ވެލިދޫ ސްޕޯޓްސް ކައުންސިލުން ދާއިރާ އަށް އަމާޒުކޮށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައޯކަލޯ ދެން ބައްދަލު ކުރާނީ ނ.ޅޮހީ ބައިގެ ޗެމްޕިއަންޓީމާ އެވެ. ޅޮހީގެ ޗެމްޕިއަން ޓީމް އެނގިގެން ދާނީ މިއަދު ކުޅޭ ފައިނަލު މެޗުގަ އެވެ. ޅޮހީ ފައިނަލަށް ގޮސްފައި ވަނީ އެކްސީޑް އަދި ސްޓްރައިކަރ އެފްސީ އެވެ.

މި މުބާރާތް ކުރިޔަށްދާ ގޮތުން ވެލިދޫ ދާއިރާގެ ފުޓްސަލް ޗެމްޕިއަން އެނގިގެން ދާނީ ވެލިދޫ ޗެމްޕިއަން ޓީމާއި ޅޮހީ ޗެމްޕިއަން ޓީމް ބައްދަލުކުރާ ފައިނަލް މެޗުންނެވެ. މިއީ ވެލިދޫ ދާއިރާ އަމާޒުކޮށް މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ އަހަރެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ