ވެލިދޫ އާއި ކުޑަފަރި ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ބޯޑަށް ފޮނުވަނީ

ނ. ވެލިދޫ އާއި ނ. ކުޑަފަރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ބޯޑަށް ފޮނުވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގަ އެވެ. އެގޮތުން މިއަހަރު ފުޓްބޯޅަދަނޑު ތަރައްގީ ކުރުމަށް މިހާރު އިއުލާންކޮށްފައިވާ ރަށްތަކުގެ އިތުރަށް 14 ރަށެއްގެ ނަން މިނިސްޓަރު ވަނީ އިއުލާން ކުރައްވާފަ އެވެ.

ދާދި ފަހުން ވެލިދޫ އަށް ދަނޑުގެ ސައިޒު ބެލުމަށް މިނިސްޓްރީން ވަނީ ވެލިދޫ އަށް އައިސްފަ އެވެ. އަދި ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށް ވެލިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ