ތާޅަފިލި: ކޮންމެވެސް ބަޔަކަށް ހައްޖަށްދެވެންޖެހޭ

އަހަރެން އާދައިގެ މަތިން ނިކުތީ ރަށުތެރެ ބަލައިލާ ބުރެއްޖަހާލާށެވެ. ހޮޅުއަށި ކައިރިއަށް ދިޔައިރު ތައްޚާނުބެ ވަރަށް ހިތްހަމަނުޖެހިގެން ދޮންފުތުބެއާއި ވާހަކަ ތަކެއްދައްކަ އެވެ. އަހަރެންފެނުމާއި އެކު ބުނީ މިދައްކާ ވާހަކަ އަޑު އެހުމަށެވެ.

" ޕެންޝަން ފައިސާ އިން ހައްޖަށް ނުދެވުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން" ތައްޚާނުބެ ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ. އަހަރެން ވެގެން އުޅޭ ގޮތެއް ސާފުކޮށް ކިޔާލަދިނުމަށް ބުނީމެވެ. ތައްޚާނުބެ ހާސަރުފަށާލި އެވެ.

"ރައީސްގެ ވައުދެއް ދޯ އެއީ ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށްހެދުމަކީ އެހެންނަމަވެސް މިހާރު މިކަން މިވީ ގޮތަކީ ބައިކުޅަބައި ވަޢުދަކަށްވުން. އެއްކޮށް ޕެންސަންފައިސާއިން ހައްޖަށްދެވޭނެ ހަމައެއްގޮތެއްވެސް ނެތް . ކިތަންމެ ގިނައިން ހުއްޓަސް ކިތަންމެ މަދުން ހުއްޓަސް މިއީ ކޮންއުސޫލެއް."

ޕެންސަން އޮފީހުން ޤަވާއިދު އެކުލަވާލިއިރު އެއްގޮތަކަށްވެސް އެއްކޮށް ފައިސާދެއްކޭނެ އުސޫލެއްނެތެވެ. މިއީ ފުންކޮށްވިސްނާލަންޖެހޭ ކަމެކެވެ. ޕެންސަން އެކައުންޓުގައި -/300،000 ށް ވުރެ މަތި ހުރި މީހުންނަށް ފަރުޟުހައްޖަކަށް އެއްކޮށްފައިސާ ދެއްކޭނެގޮތެއް ހެދުމަކީ ހަމަ ރަނގަޅުކަމެކެވެ. ދެން އެއަށްވުރެ ދަށުންހުރި ފަރާތްތަކަށް އިންސައްތަ ތަކަކަށް ބަހާލައިގެން ދެވިދާނެއެވެ. މިއީ ޕެންސަން ސްކީމްފައިސާއިން ހައްޖަށްދެވޭ އުސޫލަށް ގެންނަންފެންނަ ހަމަ ވަރަށް ރަނގަޅުއިސްލާހެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ