ނ. ވެލިދޫގައި ގާއިމުކުރާ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެވުމުން އެ ހޮސްޕިޓަލް ދަރަޖަކުރަން ނިންމާފައި ވަނީ ދަރަޖަ 1 ގެ ހޮސްޕިޓަލެއްގެ ގޮތުގަ އެވެ. ހޮސްޕިޓަލުގައި 5 ވާރޑާއި، 6 ޕްރައިވެޓް ރޫމް ހިމެނޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޚިދުމަތްތަކާއި، ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށި އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުތަކުން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.
އޭގެ އިތުރުން، ދަތުގެ ޚާއްސަ ފަރުވާ އާއި، 4 އެނދުގެ ޑަޔަލިސިސް ޚިދުމަތާއި، އެކްސްރޭ، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ފަދަ ޚިދުމަތްތައްވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ކޮމެންޓް