ވެލިދޫ ހޮސްޕިޓަލް 25 ދުވަސްތެރޭ ފަރުމާކޮށް ނިންމުމަށް ބަޔަކާ ހަވާލު ކޮށްފި

ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތުގައި އޮތް ރަސްމިއްޔާތެއްގައި ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވާއިރު، މި މަޝްރޫއުގެ އަގަކީ 96،000 ރުފިޔާ (ނުވަދިހަ ހަ ހާސް ރުފިޔާ) އެވެ. އަދި ކުރެހުމުގެ މަޝްރޫއު ނިންމަން އެ ކުންފުންޏަށް 25 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ވެލިދޫގައި ހޮސްޕިޓަލް އެޅުމަށް 110،557.66 އަކަ ފޫޓް ބިމެއް ވަނީ ކަނޑައަޅާފަ އެވެ. މި ބިމަކީ ވެލިދޫ ސްކޫލްގެ ދަނޑު ހިމެނޭ ސަރަހައްދެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ