ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވެލިދޫ ގޮނޑުދޮށް ސާފު ކޮށްފި

 

ބައިނަލް އަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނ. ވެލިދޫ ގޮނޑުދޮށް މިއަދު ސާފު ކޮށްފި އެވެ.

މި ހަރަކާތުގައި ބައިވެރިވެފައި ވަނީ ކައުންސިލަރުންނާއި ބައެއް މުއައްސަސާތަކުންނާއި އިޖްތިމާއި ގޮތުން މިހަރަކާތުގައި ބައިވެރިވި ފަރާތްތަކެވެ.

މި ހަރަކާތުގައި ރަށް ވަށާއިން ވަނީ ސާފު ކޮށްފަ އެވެ. އެގޮތުން ޕްލާސްޓިކް ފުޅި އާއި ގޯނި ފަދަ ތަކެތި ވަނީ ނަގާފަ އެވެ. ވެލިދޫ އަކީ ރަށުފެންވަރުގައި ގޭގެއިން ކުނިނަގާ ރަށެއް ކަމުން އެކިތަންތަނަށް އުކާފައިވާ ކުނީގެ އަދަދު ވަރަށް ބޮޑުތަން މަދެވެ. އަދި މިއަހަރު ވެލިދޫ ގޮނޑުދޮށް ވަނީ ދެ ފަހަރެއްގެ މަތިން ސާފު ކޮށްފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ