ފޮއްދޫ ޔޫތް ޗެލެންޖް ޗެމްޕިއަން މާފިޔާ އެފްސީއާއި ޑާކް ސިޓީ އެކުވެރިކަމުގެ މެޗެއް ކުޅެފި

ނ. ފޮއްދޫ ޔޫތް ޗެލެންޖް ޗެމްޕިއަން މާފިޔާ އެފްސީއާއި ޑާކް ސިޓީ (ޑީސީ) އެކުވެރިކަމުގެ މެޗެއް އިއްޔެ ކުޅެފި އެވެ.

ފޮއްދޫ ދަނޑުގައި ކުރިޔަށް ގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ފޯރިގަދަ ހަމަހަމަ ކުޅުމެއް ވަނީ ފެނިފަ އެވެ. ނަމަވެސް މި މެޗުން މޮޅުވެފައި ވަނީ 8-6 އިން މާފިޔާ އެފްސީ އެވެ.

ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޑީސީގެ ޖާޒީ ނަންބަރު 28، މުހައްމަދު މައުމޫން އެވެ. ޑީސީން ލީޑް ނަގާފައި ވަނިކޮށް މާފިޔާ ޓީމުގެ ޖާޒީ ނަންބަރު 11، އަލީ ފިރާޝް ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި މާފިޔާ ކެޕްޓަން ޖާޒީ ނަންބަރު 7، އަހުމަދު ފާރިޝް އިތުރު ގޯލެއް ޖަހާ ލީޑްނެގި އެވެ. މި ގޯލު ޖެހިތާ މާގިނައިރުތަކެެއް ނުވަނީސް ޑީސީގެ ޖާޒީ ނަންބަރު 13 މުހައްމަދު ހުޒާމު ލަނޑެއް ޖަހާ ނަތީޖާ ވަނީ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް އަލީ ފާރީޝް އިތުރު ގޯލެއް ޖަހައި އަނެއްކާ ވެސް މާފިޔާ ވަނީ ލީޑް ނަގާފަ އެވެ.

ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް މާފިޔާގެ ފިރާޝް އިތުރު ލަނޑެއްޖަހައި އެ ޓީމް އަށް ލީޑް ފުޅާކޮށް ދިނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 4-2 އިން މާފިޔާ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން އައިރު ޑީސީން ބޯޅަ ގިނައިރު ގެންގުޅި ނަތީޖާ އެއްވަރު ކުރެވޭތޯ މަސައްކަތްކުރި އެވެ. ނަތީޖާ އެއްގެ ގޮތުން ޑީސީގެ މައުމޫން އިތުރު ގޯލެއް ޖަހާ ލީޑް ކުޑަކުރި އެވެ. އަދި ހުޒާމް އިތުރު ގޯލެއް ޖަހާ ނަތީޖާ ޑީސީ އަށް ހަމަހަމަ ކޮށްދިނެވެ. ނަމަވެސް މާފިޔާ ޓީމްގެ ޖާޒީ ނަންބަރު 6، އަލީ މާހިރު ގޯލެއް ޖަހާ މާފިޔާ އަށް ލީޑް ނަގައިދިނެވެ.

ފޯރި ގަދަ ކުޅުމެއް ފެނުން މި މެޗުގައި ޑީސީ އަށް ލަނޑުޖަހާނެ ހުސް ފުރުސަތުތަށް ލިބުން ނަމަވެސް އޭގެ ބޭނުމެއް ނުކުރެވެ އެވެ.  މާފިޔާ ޓީމުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ޑީސީގެ ގޯލްކީޕަރު ޖާޒީ ނަންބަރު 1، އަހުމަދު ޒައިދް ވަނީ ގިނަ އެޓޭކްތަކެއް ދިފާއު ކޮށްފަ އެވެ.

ޑީސީ ޓީމްގެ ޖާޒީ ނަންބަރު 26، އަލީ ޝަފްރާޒް އަދި ޖާޒީ ނަންބަރު 11، ހުސެއިން ފަސީލް ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށް ދީފަ އެވެ. އަދި މާފިޔާ ކެޕްޓަން އަހުމަދު ފާރިޝް ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހާ ހެޓްރިކް އެއް ހަދާފަ އެވެ.

ޑީސީން ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަކަންމަޗާ އެކު ވެސް މެޗެއް ކުޅެފަ އެވެ. އެ މެޗުން 7-1 އިން މޮޅުވީ ކުޑަކަންމަތި އެވެ. އެ މެޗުގައި ޑީސީ އަށް ހަމައެކަނި ޖެހުނު ލަނޑު ޖަހައި ދިނީ ޖާޒީ ނަންބަރު 11، ހުސެއިން ފަސީހު އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ