ވެލިދޫ ދާއިރާގެ ސިއްޚީ ޚިދުމަތްތަކާ ގުޅޭގޮތުން އެމްޕީ ހެލްތް މިނިސްޓަރާ މަޝްވަރާ ކުރައްވައިފި

ވެލިދޫ ދާއިރާގެ ސިއްޚީ ޚިދުމަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާ މިއަދު ބައްދަލުކުރައްވާ ދާއިރާގެ ސިއްހީ ޚިދުމަތްތައް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން މިނޫހުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން އެމްޕީ މޯޑް ވިދާޅުވީ މަޝްވަރާކުރި މައިގަނޑު ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އެންމެބޮޑަށް ގުޅިފައިހުރި ކަންކަން ކަމަށެވެ. މިގޮތުން ސިއްހީ މަރުކަޒް ތަކުން ގިނަ ޚިދުމަތްތަކެއް ލިބެން ނެތުމާއި އަތޮޅު ހޮސްޕިޓަލުން ލިބެން ހުންނަ ޚިދުމަތްތައްވެސް ތަފާތު ސަބަބުތަކާ ހުރެ މެދުކެނޑުމާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ނުތިބުމާއި މުވައްޒަފުންގެ ދަތިކަމާއި ލިބެންޖެހޭ ހުއްދަ ނުލިބި ލަސްވެގެން ކުރަންޖެހޭ ކަންކަން ނުކުރެވި އެކަންކަމުގެ ދަތި އުނދަގޫ ރައްޔިތުންނަށް ފޯރަމުންދިއުން ހިމެނެ އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލާއެއްގޮތަށް އަތޮޅު ހޮސްޕިޓަލްގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތައް ހިންގުމަކީވެސް އެ ސިއްހީ މަރުކަޒުތަކުންދޭ ޚިދުމަތްތައް ލަސްވާ ސަބަބެއް ކަމަށާއި އެ އުސޫލުގެ ބަދަލުގައި ސީދާ ހެލްތު މިނިސްޓްރީގެ ދަށުން ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒްތައް ހިންގާގޮތަށް އުސޫލު ބަދަލުކުރުމަށް ތާއީދުކުރާކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް މިނިސްޓަރ އަށް ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު، އެކަން ނުފެށި ލަސްވާ ސަބަބާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވެވި އެވެ. މިކަން މިހާރު ގޮސްފައިވާ ހިސާބަކީ ހޮސްޕިޓަލްގެ ކުރެހުން ކުރެހުމަށްވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ޓެންޑަރ ކުރުމަށް ހަވާލުކުރާނެ ކަމަށާއި އެކަމަށް އަދި މަހެއްހާ ދުވަސް ނަގާނެކަމަށްވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST