މަސް ރޭސް ޗެމްޕިއަންކަން ބޮއިކޮޓް ޓީމުން ނަގައިފި

ފިތުރު އީދާ ގުޅިގެން ޕާތް އޮފް އިސްލާމުން ނ. ވެލިދޫގައި ބޭއްވި މަސް ރޭހުގެ ޗެމްޕިއަންކަން ބޮއިކޮޓް ޓީމުން ނަގައިފި އެވެ.

ރެސްޓް ބްލޮކްސް ސްޕޮންސަކޮށް ރެސްޓް ބްލޮކްސް މަސް ރޭހުގެ ނަމުގައި ކުރިޔަށް ގެންދިޔަ މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. ޖުމްލަ ހަތަރު ޓީމް ބައިވެރިވި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައި ވަނީ ތޯތޯ އެއް ނޫން ޓީމެވެ.

މި މުބާރާތުގެ އެއްވަނަ ޓީމަށް ދީފައި ވަނީ 5،000 ރުފިޔާ އެވެ. އަދި ދެވަނަ ޓީމަށް 2،500 ރުފިޔާ އެވެ. އަދި އެންމެ ކާމިޔާބު ކެޔޮޅަށް 500 ރުފިޔާ ދިންއިރު، އެންމެ ގިނަ މަސް ބޭނި މީހާ އަށާއި އެންމެ ބަރު މަސް ބޭނި މީހާ އަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

މިއީ ޕާތް އޮފް އިސްލާމުން މި މުބާރާތް ހިންގި ދެވަނަ އަހަރެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST