ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މަގޫދޫގައި 100 ވުރެ ގިނަ ރުއްގަަސް އިންދައިފި

ނ. މަގޫދޫގައި ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް 100 ވުރެ ގިނަ ރުއްގަަސް މިއަދު އިންދައިފި އެވެ.

މަގޫދޫގައި ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ މަގޫދޫ ކައުންސިލާއި ސޮނެވާ ޖާނީގެ އިތުރުން އެ ރަށު ސްކޫލް ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ފަށާފައި ވަނީ ބައިނަލްއަގުވަމީ ތިމާވެށީގެ ދުވަހާ ގުޅޭ ގޮތުން އެ ރަށު ސްކޫލްގެ އެންވަރަމަންޓް ކްލަބްގެ ރައީސް ވާހަކަ ދެއްކެމަށް ފަހު އެވެ.

މި ހަރަކާތުގައި 100 ރުކާއި އެކި ވައްތަރުގެ 20 ގަސް ވަނީ އިންދާފަ އެވެ. ގަސްތައް އިންދުމުގައި މަގޫދޫ ޒުވާނުންނާއި ސްކޫލް ދަރިވަރުންގެ އިތުރުން ސޮނޭވާ ޖާނީގެ 15 މުވައްޒަފަކު ބައިވެރިވެފައިވެ އެވެ. މި ހަރަކާތް ނިންމާލުމަށް ފަހު ސޮނޭވާ ޖާނީން ވަނީ ބައިވެރިންނަށް ސްކޫލުގައި ބިލެތްމީރުކޮށްލުމެއް ވެސް ދީފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST