ފޮއްދޫ ޔޫތް ޗެލެންޖް 2019 ވިއްސާރައިގައި ވެސް އިއްޔެގެ މެޗުތައް ވަނީ ކުރިޔަށް ގެންގޮސްފައި

ނ. ފޮއްދޫ ޔޫތް ޗެލެންޖްގެ މެޗުތައް ވިއްސާރަވި ނަމަވެސް އިއްޔެ ވެސް ކުރިޔަށް ގެންގޮސްފި އެވެ.

އިއްޔެ ހެނދުނު ކުޅުނު މުބާރާތުގެ 05 ވަނަ މެޗުގައި ބޭންޑިތް ބްރަދާސް އާއި ކުޑަކަންމަޗާއި ބައްދަލުކޮށް، 05 ލަނޑު 02 ލަނޑުން ބޭންޑިތް ބްރަދާސް ވަނީ ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މެއިން އޮފްދަ މެޗެކަށް ހޮވިފައި ވަނީ ބޭންޑިތް ބްރަދާސްގެ ޖާސީ ނަންބަރު 15 އިބްރާހިމް ޒަނީމް އެވެ.

މި މުބާރާތުގެ 06 ވަނަ މެޗުގައި މާފިޔާ ޔުނައިޓަޑް އާއި މާފިޔާ އެފްސީ އެވެ. ފަސޭހަ ކަމާ އެކު 03 ލަނޑު 0 ލަނޑުން މި މެޗު ކާމިޔާބުކުރީ މާފިޔާ އެފްސީ އެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ބޭންޑިތް ބްރަދާސް އަދި މާފިޔާ ޔުނައިޓެޑް ބައްދަލުކުރި މެޗު 05 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ބޭންޑިތް ބްރަދާސް އެވެ. މުބާރާތުގެ 08 ވަނަ މެޗުގައި މާފިޔާ އެފްސީ އަސި ކުޑަކަންމަތި ބައްދަލުކުރި މެޗު 03 ލަނޑު 0 ލަނޑު ކާމިޔާބުކުރީ ކުޑަކަންމަތި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މުބާރާތުގެ މެޗުތައް މިއަދު ވެސް އޮންނާނެ އެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ނިންމާފައި ވަނީ 07 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST