ކުޑަ އީދާ ގުޅިގެން ފޮއްދޫގައި ބާއްވާ ފުޓްސަލް މުބާރާތް ނ. ފޮއްދޫ ޔޫތް ޗެލެންޖް 2019 މެޗުތައް އިއްޔެ ފަށައިފި އެވެ. މޫސުމް ގޯސްވި ނަމަވެސް އިއްޔެ ވަނީ ހަތަރު މެޗެއް ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ މާފިޔާ އެފްސީ އަދި ކުޑަކަންމަތި އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ކާމިޔާބުކުރީ 04 ލަނޑު 03 ލަނޑުން މާފީޔާ އެފްސީ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މާފިޔާ ޔުނެއިޓެޑް އަދި ބޭންޑިޓް ބްރަދާސް އެވެ. ފަސޭހަކަމާ އެކު މި މެޗު 07 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ބޭންޑިޓް ބްރަދާސް އެވެ.

މުބާރަތުގެ ދެވަނަ ދެ މެޗު ކުޅެފައި ވަނީ ހަވީރު އެވެ. އެ ގަޑީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބޭންޑިޓް ބްރަދާސް އަދި މާފިޔާ އެފްސީ އެވެ. މި މެޗު ނިމުނީ އެއްވަރު ވެގެނެވެ. ކޮންމެ ޓީމަކަށް ވެސް ކާމިޔާބުވީ އެއް ލަނޑެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ ކުޑަކަންމަތި އަދި މާފިޔާ ޔުނައިޓެޑް އެވެ. ފަސޭހަކަމާ އެކު 08 ލަނޑު 0 ލަނޑުން ކުޑަކަންމަތި ވަނީ މި މެޗު ކާމިޔާބު ކޮށްފަ އެވެ.

މި މުބާރާތް ކުޅެނީ ލީގް އުސޫލުން ހޯމް އަދި އަވޭ މެޗުތައް އޮންނަ ގޮތަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST