ފޮއްދޫ ޔޫތް ޗެލެންޖުގެ ގުރު ނަގައިފި

ފިތުރު އީދާ ގުޅުވައިގެން ނ. ފޮއްދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ގުރު ނަގައިފި އެވެ.

މުބާރާތުގެ ގުރު ނެގުން ކުރިޔަށް ގެންގޮސްފައި ވަނީ ފޮއްދޫ ކުރީގެ ޕްރީސްކޫލްގަ އެވެ. މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. މުބާރަތް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު އަދި ހަވީރު ދެ މެޗު ކުޅޭ ގޮތަށެވެ. ސެމީ ފައިނަލް އަދި ފައިނަލު ކުޅެން ނިންމާފައި ވަނީ ހަތް ވަނަ ދުވަހު އެވެ.

ފޮއްދޫ ޔޫތު ޗެލެންޖުގެ ނަމުގަައި ކުރިޔަށް ގެންދާ މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ފޮއްދޫގައި ފުޓްބޯޅަ އަށް ލޯބި ޖެެއްސުމުގެ އިތުރުން މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމެވެ. އަދި ޒުވާނުންގެ ބައިވެރިވުން ކަންކަމުގައި އިތުރުކުރުން ހިމެނޭ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.

މިމުބާރާރުގެ ޝިއާރަކީ "ޒުވާނުންގެ ބައިވެރިވުން ފޮއްދޫގެ ކުރިއެރުން" މެވެ. އެއްވަނަ އަށްދާ ޓީމަށް 5000 ރުފިޔާ ދޭން ނިންމާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST