ފޮއްދޫ ކައުންސިލު ގުރުއާން މުބާރާތް ފަށައިފި

ނ. ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އިއްޔެ ފަށައިފި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި އިއްްޔެ ވަނީ 40 ކުދިން ކިޔަވާފަ އެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

ފޮއްދޫގެ ރައްޔިތުން ގުރުއާން ކިޔެވުމަށް އަހުލުވެރިކުރުމުގެ ނިޔަތުގައި ރަށު ކައުންސިލުން ބާއްވާ މި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ އަށް 5000 ރުފިޔާ ތިން ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ފޮއްދޫ ކައުންސިލުން ނިންމާފައިވެ އެވެ.

މީގެ އިތުރުން ވަކި އުމުރުފުރާތަކުންނާއި ބަލައިން ކިއުމުގެ ބައިންނާއި ނުބަލާ ކިއުމުގެ ބައިން ވެސް ވަނަ ހޮވުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST