ދާއިރާގެ ތިން ރަށަށް ބާއްވާ ފުޓްސަލް މުބާރާތެއް ވެލިދޫ ސްޕޯޓްސް ކައުންސިލުން އިއުލާން ކޮށްފި

ނ. ވެލިދޫ ދާއިރާގެ ތިން ރަށަށް އަމާޒުކޮށް ބާއްވާ ފުޓްސަލް މުބާރާތެއް ވެލިދޫ ސްޕޯޓްސް ކައުންސިލުން އިއުލާން ކޮށްފި އެވެ.

މި މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 10ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 6ވަނަ ދުވަހެވެ.

ވެލިދޫ، ޅޮހި އަދި ފޮއްދޫ ހިމެނޭ ގޮތަށް ބާއްވާ މި ފުޓްސަލް މުބާރާތަކީ ދާއިރާގެ ގުޅުން ބަދަހިކުރުމަށް ވެލިދޫ ސްޕޯޓްސް ކައުންސިލުން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތް ކުޅުމަށް ނިންމާފައި ވަނީ ކޮންމެ ރަށެއްގައި ވަކިންނެވެ. ވެލިދޫ ސްޕޯޓްސް ކައުންސިލުން ބުނީ ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމު އެއް ރަށަކަށް އައިސް މެޗުތައް ކުޅެ ދާއިރާގެ އެންމެ ވަރުގަދަ ފުޓްސަލް ޓީމު ހޮވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ކޮންމެ ރަށަކުން އެންމެ މޮޅު ކުޅުންތެރިން ހޮވުމަށް ވަނީ ނިންމާފަ އެވެ. އަދި ފައިސާގެ އިނާމުތައް ވެސް ވަނީ ހުށަހަޅާފަ އެވެ. މުބާރާތުގެ ފައިނަލްބައި ކުޅުމަށް ނިންމާފައި ވަނީ ނ. ޅޮހީގަ އެވެ.

މި މުބާރަަތުގެ ޓީމެއް ބައިވެރިކުރެވޭނީ މަދުވެގެން ފަސް ކުޅުންތެރިން ހިމެނޭ ގޮތަށެވެ. އަދި ބައިވެރިވާ ޓީމްތަކުގައި އެންމެ ކުޑަ އުމުރަކަށް ޖެހޭނީ 16 އަހަރުގެ ކުޅުންތެރިން ކަމަށް ވެސް ވެލިދޫ ސްޕޯޓްސް ކައުންސިލުން މައުލޫމާތުދެ އެވެ. އަދި ބައިވެރިވާ ޓީމްތަކަކީ ރަޖިސްޓްރީ ކްލަބްތަކަށްވާން ނުޖެހޭނެ ކަމަށާއި މުއައްސަސާތަކުން ފަސް މީހުންގެ ޓީމެއް ހަދައިން ބައިވެރިވެވިދާނެ ކަމަށް ވެސް ސްޕޯޓްސް ކައުންސިލުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ވަކިން ޖޯޒީ ބައެއް ހަދާކަށް ނުޖެހެ އެވެ. ކޮންމެ ޓީމަކަށް ވެސް މެޗުކުޅޭ ވަގުތު މުބާރާތް އިންތިޒާމުކުރާ ފަރާތުން ނަންބަރު ޖެހި "ބިބްސް" ބައެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މިމުބާރާތް ކުޅުމަށް ނިންމާފައި ވަނީ ވަކި ހާއްސަ ގަވާއިދަކަށެވެ. ކޮންމެ މެޗެއްގައި ވެސް ކުޅޭނީ 10 މިނެޓްގެ އެންމެ ހާފެކެވެ. އަދި ލަނޑެއް ޖަހާއިރަށް އިދިކޮޅު ޓީމްގެ ކުޅުންތެރިޔަކު އުނިވަމުންދާނެ އެވެ.

މުބާރާތުގައި ބައިވެރިވާ ފޯމް

TEAM REGISTRATION FORM.docx

މުބާރާތުގެ ގަވާއިދު

Rules

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST