ވެމްކޯއިން ނ. އަތޮޅުގެ ރަށްރަށުން ކުނި ނެގުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ވެމްކޯއިން ނ. އަތޮޅުގެ ރަށްރަށުން އަލުން ކުނި ނެގުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނ،ރ، ބ އަދި ޅ. އަތޮޅުގެ ރަށްރަށުން ކުނި ނެގުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ. އަދި މިކުނި ގެންދާނީ ރ. ވަންދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ޓްވީޓަށް ޓްވީޓް ކުރައްވައި ނ. ވެލިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބުވެވަޑައިގަންނަވާފައިވާ މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް ލަސްވެފައިވާތީ ކަންބޮޑުވުމުގައި ލައްކަ ދުވަސް ވޭތުވެއްޖެ ކަމަށެވެ. އަދި އެކަމަށް ލައްކަ މަސައްކަތް ކުރެއްވިއްޖެ ކަމަށާއި މިކަން ހިނގާނެތީ ޝުކިރުވެރިވާ ކަމަށް ދޭހަވާ ގޮތަށް މުހައްމަދު އަބްދުﷲ ޝަފީވު ވަނީ ޓްވީޓް ކުރައްވަވާފަ އެވެ.

ވެލިދޫ ކުނި ކޮށީގައި ކުނި ގިނަވުމުގެ ސަބަބުން އެ ޝަކުވާ ދަނީ ރައްޔިތުން ކުރަމުންނެވެ. ނ. ވެލިދޫ އިން ވަންދޫ އަށް ކުނި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވެމްކޯއާ އެވެ. ނަމަވެސް ވެއަތުވި ހައެއްކަ މަސް ދުވަހު ވެމްކޯއިން ވެލިދޫ އިން އެގްރިމަންޓްގައިވާ ގޮތަށް ކުނި ގެންގޮސްފައެއް ނުވެ އެވެ. މީގެ ސަބަބުން ކުނިކޮށީގައި ކުނި ގިނަވެ އެކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ވެމްކޯއިން ވަނީ މި ސަރަހައްދުގެ ރިސޯޓްތަކުގެ ކުނި ވަންދޫ އަށް ގެންދިއުން ވެސް ހުއްޓުވާލާފަ އެވެ. އަލުން ކުނި ނަގަން ފެށުމަކީ ރަށްރަށުގެ ފުރިފައިވާ ކުނިގޮނޑުތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST