ފޮއްދޫ ކައުންސިލް ގުރުއާން މުބާރާތަށް އިނާމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

ނ. ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތަށް އިނާމު ހުށަހެޅުމަށް ރަށު ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

މިރަށު ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ބާއްވާ ގުރުއާން މުބާރާތުގައި އިނާމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 1:00 ނިޔަލަށެވެ. އިނާމު ހުށަހަޅަން ޖެހެނީ ރަށު ކައުންސިލަށެވެ. މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އާދިއްތަ ދުހުވަހު އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ 25 އަހަރުން ދަށުގެ ފަރާތްތަކަށެވެ. އަދި ފޮއްދޫ ރަށްވެސަކާއި ކައިވެނިކޮށްގެން އުޅޭ 25 އަހަރުން ދަށުގެ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ފޮއްދޫގެ ރައްޔިތުން ގުރުއާން ކިޔެވުމަށް އަހުލުވެރިކުރުމުގެ ނިޔަތުގައި ރަށު ކައުންސިލުން ބާއްވާ މި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ އަށް 5000 ރުފިޔާ ތިން ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ފޮއްދޫ ކައުންސިލުން ނިންމާފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST