އާރުބީ މާޓުން ކަނޑާފައި ހުރި ފަރުމަސް ވިއްކަން ފަށައިފި

ނ. ވެލިދޫގައި ހިންގަމުން އަންނަ އާރުބީ މާޓް ފިހާރައިން ކަނޑާފައި ހުރި ފަރުމަސް ވިއްކަން ފަށައިފި އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން އެ ފިހާރައިން ބުނީ ފަރު މަސް ކިލޯއެއް ވިއްކަނީ 25 ރުފިޔާ އަށް ކަމަށެވެ.

ރަތް މަސް ހުޅުނބު ޖަހާފައި ބަނޑު ސާފުކޮށްފައި ވިއްކާއިރު ގިނި މަސް ވިއްކަނީ ރީތިކޮށް ސާފު ކޮށްފަ އެވެ.

އެ ފިހާރައިން ބުނީ މުސްތަގުބަލުގައި ގިނަ ބާވަތްތަކުގެ ފިނިކުރި މަހާ ތަފާތު ޕެކޭޖުތައް ތައާރަފު ކުރުމަށް ވިސްނާފައިވާ ކަމަށެވެ.

Advertisement


ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ