ފިތުރު އީދުގައި ފޮއްދޫގަައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އަންނަ ފިތުރު އީދުގައި ނ. ފޮއްދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ނެގުމަށް ގުޅަން ޖެހެނީ 7991412 އަދި 7516153 ށެވެ. ފޮއްދޫ ޔޫތު ޗެލެންޖުގެ ނަމުގަައި ކުރިޔަށް ގެންދާ މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ފޮއްދޫގައި ފުޓްބޯޅަ އަށް ލޯބި ޖެެއްސުމުގެ އިތުރުން މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމެވެ. އަދި ޒުވާނުންގެ ބައިވެރިވުން ކަންކަމުގައި އިތުރުކުރުން ހިމެނޭ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.

މިމުބާރާރުގެ ޝިއާރަކީ "ޒުވާނުންގެ ބައިވެރިވުން ފޮއްދޫގެ ކުރިއެރުން" މެވެ. އެއްވަނަ އަށްދާ ޓީމަށް 5000 ރުފިޔާ ދޭން ނިންމާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މުބާރާތުގައި "ޑްރީމް ޓީމެއް ހޮވުމަށް ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވެވޭނީ ފޮއްދޫގެ ޓީމްތަކަށް އެކަންޏެވެ.

ì

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST