މަގޫދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ހަފްތާއެއް ތެރޭ ފެށޭނެ: ކައުންސިލުގެ ރައީސް

 

ނ. މަގޫދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ހަފްތާއެއް ތެރޭ ފެށޭނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް ފަތުހުﷲ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން ފަތުހުﷲ ވިދާޅުވީ ފުޓްސަލް ދަނޑެއް އަޅައިދޭނެ ވާހަކަ މިދިޔަ ސަރުކާރުން ދެއްކި ކަމަށާއި ކައުންސިލާ ފަތުހުﷲ ހަވާލުވެލެއްވިއިރުން ފެށިގެން ފުޓްސަލް ދަނޑެއް މަގޫދޫގައި ހަދައިދޭނެ ވާހަކަ ދައްކާފައިވާ ކަމަށެވެ.

މަގޫދޫ ފުޓްސަލް ދަނޑަށް ބޭނުންވާ ސާމާނު ޔޫތު މިނިސްޓްރީން އިއްޔެ ވަނީ އެ ރަށަށް ފޮނުވާފަ އެވެ. އަދި މަގޫދޫގައި ފުޓްސަލް ދަނޑެއް އެޅުމަކީ ރައްޔިތުންނާއި ޒުވާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST