ކޮންކޯޑް ޕްލާޒާއިން ރޯދަ މަހަށް ގިފްޓް ކާޑެއް ތައާރަފު ކޮށްފި

ނ. ވެލިދޫގައި ހިންގަމުން އަންނަ ކޮންކޯޑް ޕްލާޒާއިން ރޯދަ މަހަށް ހާއްސަކޮށް ގިފްޓް ކާޑެއް ތައާރަފު ކޮށްފި އެވެ.

މި ގިފްޓް ކާޑުލިބޭނީ ގުރު އުސޫލުންނެވެ. ކޮންމެ 10 ދުވަހަކު އެއްފަހަރު ނަގައި ގުރުގައި ބައިވެރިވެވޭނީ 299 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްގެން ލިބޭ ކޫޕަނުންނެވެ.

މި ކޫޕަންތަކުގެ މެދުގައި ނަގައި ގުރުން ހޮވޭ ފަރާތަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ކޮންމެ 10 ދުވަހަކު އެއްފަހަރު 1000 ރުފިޔާގެ ގިފްޓް ކާޑު ލިބޭ މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ މޭމަހުގެ 06ވަނަ ދުވަހުން ފެށިގެން 04 ޖޫންގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST