ފޮއްދޫ ސްކޫލްގެ ގުރުއާން މުބާރާތުގެ އެއްވަނަ އަބްދު ﷲ އަތީފަށް!

ނ. ފޮއްދޫ ސްކޫލްގައި ބޭއްވި ގުރުއާން މުބާރާތުގެ ބަލައިން ކިޔެވުމުގެ ބައިންނާއި ހިތުން ކިޔެވުމުގެބައިން އެއްވަނަ ގްރޭޑް6 ގެ ދަރިވަރު އަބްދުﷲ އަތީފަށް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ފޮއްދޫ ސްކޫލްގައި ކުރިޔަަށް ގެންދިޔަ މި މުބާރާތުގައި 54 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. ބަލައިން ކިޔެވުމާއި ހިތުން ކިޔެވުމާ ދެ ބަޔަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ބަލައިން ކިޔުމުގެ ބައިން ދެވަނަ އަށް ގޮސްފައި ވަނީ ގުރޭޑް5 ގެ ފާތިމަތު މާހީ އެވެ. މިބައިން ތިންވަނަ އަށް ގޮސްފައި ވަނީ ގުރޭޑް3 ގެ ޝައިހާ އަލީ އެވެ.

ހިތުން ކިޔުމުގެ ބައިން އެއްވަނައިގައި ގްރޭޑް3 ގެ ހައްވާ ޝައިހާ ވެސް ވަނީ ހިމެނިފަ އެވެ. ބައިން ދެވަނައަށް ގޮސްފައި ވަނީ ގުރޭޑް7 ގެ މުހައްމަދު ޝާމިކް އެވެ. ތިންވަނަ އަށް ގޮސްފައި ވަނީ ގުރޭޑް4 ގެ އަލީ މާލިހު އަޖީލު އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން ފޮއްދޫ ސްކޫލުން ބުނީ އަންނަ އަހަރު ވެސް މިފަދަ ގުރުއާން މުބާރާތެއްް ސްކޫލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ މުބާރާތެއް ބޭއްވުމަކީ ބޭނުމަކީ ދަރިވަރުން ގުރުއާން ކިޔެވުމަށް ލޯބި އުފެއްދުން ކަމަށް ވެސް ސްކޫލުން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ