ދުނިޔޭގެ ސިއްޙަތު ދުވަސް ވެލިދޫ ސިއްހީ މަރުކަޒުން ކުލަގަދަކޮށް ފާހަގަ ކޮށްފި

ދުނިޔޭގެ ސިއްޙަތު ދުވަސް ނ. ވެލިދޫ ސިއްހީ މަރުކަޒުން ކުލަގަދަކޮށް އިއްޔެ ފާހަގަ ކޮށްފި އެވެ.

ވެލިދޫ ސިއްހީ މަރުކަޒުން ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ވެލިދޫ ވެލިދޫ ސްޓޭޖް ސަރަހައްދުގައި ސިއްޙަތު ދުވަހުގެ ޚާއްސަ ހަވީރެއް ފާހަގަ ކޮށްފަ އެވެ. މި ހަވީރުގައި ލޭގެ ގުރޫޕް ބަލައިދިނުމާއި ހެލްތް ސްކޭންކުރުމުގެ އިތުރުން ލޭގައި ހަކުރުހުރި މިންވަރު ބަލައިދީފައިވެ އެވެ.

މި ހަވީރުގައި މޫނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނަށް ހާއްސަ ސްޓޯލްތައް ވެސް ހުއްޓެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ