ރަންދެލި ސްޓާފުން އައިސް ވެލިދޫ ގޮނޑުދޮށް ސާފު ކޮށްފި

ޝެވަލް ބްލޮންކް ރަންދެލި ސްޓާފުން އައިސް ނ.ވެލިދޫ ގޮނޑުދޮށް މިއަދު ހަވީރު ސާފު ކޮށްފި އެވެ.

އާތްޑޭ ފާހަގަ ކުރުމުގެ ގޮތުން ރަންދެލި ސްޓާފުން ވަނީ ވެލިދޫ ކުނިގޮނޑުން ފެށިގެން ގޮސް ރާވެރިން މަގު ސަރަހައްދު ގޮނޑުދަށަށް ލައްގާފައިވާ ޕްލާސްޓިކްފުޅި އާއި ގޯންޏާއި އެކި ބާވަތްތަކުގެ ކުނި ނަގާފަ އެވެ. އަދި ގޮނޑުދޮށަށް ދިޔަ މަގުމަތީ މަގުމަތިން ފެނުނު ކުނި ވެސް ވަނީ ނަގާފަ އެވެ.

އޭޝިއާގެ އެންމެ ހިތްގައިމު އެއް ރިސޯޓުން ހިންގި މިހަރަކާތުގައި ވެލިދޫ ބައެއް ކައުންސިލަރުންގެ އިތުރުން އިޖްތިމާއީ ކަންކަމަށް ލޯބިކުރާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ