ފޮއްދޫ ސްކޫލް ގުރުއާން މުބާރާތަށް އިނާމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

ނ. ފޮއްދޫ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތުގެ އެކި ކެޓަގަރީތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންޑީ އަށް މައުލޫމާތު ލިބުނު ގޮތުން މި މުބާރާތަށް އިނާމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އިނާމު ހުށަހެޅުމަށް ފުރުސަތު ހުޅުވާފައި ވަނީ ބަލައިގެން ކިއުމުގެ ބައިންނާއި ނުބަލާކިއުމުގެ ބައިން ގްރޭޑް 1، 2 އަދި 3 ކަށެވެ. މީގެ އިތުރުން މުޅި މުބާރާތުގެ 1،2 އަދި 3ވަނަ އަށް އިނާމު ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފޮއްދޫގެ ރައްޔިތުން ގުރުއާން ކިޔެވުމަށް އަހުލުވެރިކުރުމުގެ ނިޔަތުގައި ރަށު ކައުންސިލުން ވެސް ވަނީ ގުރުއާން މުބާރާތެއް އިއުލާންކޮށްފަ އެވެ. މި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް ކައުންސިލުން ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST