ޕްލާސްޓިކް ފުޅި މަދުކުރުމަށް ޅޮހީ އެކި ސަރަހައްދުން ފަސް ޖަންބޯ ގޯނީގެ ފުޅި ނަގައިފި

ނ. ޅޮހީގައި ޕްލާސްޓިކް މަދުކުރުމަށް އިއްޔެ ރަށުގެ އެކި ސަރަހައްދު ސާފުކޮށް ފަސް ޖަންބޯ ގޯނީގެ ޕްލާސްޓިކް ފުޅި ނަގައިފި އެވެ.

މި ހަރަކާތަކީ "ޕާލޭ މޯލްޑިވްސް" އާއި ޅޮހީ "ސާފް ސްކޮޔާ" ގުޅިގެން ހިންގި ހަރަކާތެކެވެ. އެންޑީ އަށް މައުލޫމާތުދެމުން ޅޮހީ ސާފް ސްކޮޔާ އިން ބުނީ އިއްޔެގެ ހަރަކާތަކީ ފެށުމެއް ކަމަށެވެ. އަދި ޅޮހީން ޕްލާސްޓިކް މަދުކުރުމަކީ އަމާޒެއް ކަމަށާއި ކުރިޔަށް އޮތްތާ ވެސް މިފަދަ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ. އަދި ޕްލާސްޓިކް ބޭނުކުރުމުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

ސާފް ސްކޮޔާ އަކީ ޅޮހީގައި ރާޅާ އަޅާ ޒުވާނުން ގުޅިގެން އުފައްދާފައިވާ ގުރޫޕެކެވެ. އެކުދިން އަންނަނީ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމަށް މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ