ފޮއްދޫ ސާފުކޮށް ގިނަ އަދަދެއްގެ ކުނި ނަގައިފި

"ސާފު ފޮއްދޫ އަހަރެންގެ ޒިންމާ"ގެ ދަށުން ފޮއްދޫ ސާފުކޮށް ގިނަ އަދަދެއްގެ ކުނި މިއަދު ނަގައިފި އެވެ.

ފޮއްދޫ ޒުވާނުންގެ ބައެއްކަމުގައިވާ "ޑާކް ސިޓީން"     އިސްނަގައިގެން ކުރިޔަށް ހިންގި މިހަރާކާތާއި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި އެނާޖީ ޑްރިންކް ހުސްކުރި ދަޅު ނަގާފައިވެ އެވެ.

ޑާކް ސިޓީގެ އިތުރުން މިހަރަކާތުގައި ބައިވެރިވީ ރަށު ކައުންސިލާއި ހެލްތް ސެންޓަރު އަދި ސާއްބަ ސަމަސުއިޓެވެ. މިހަރަކާތް އިންތިޒާމުކުރާ ފަރާތުން އެންޑީ އަށް މައުލޫމާތުދެމުން ބުނީ ފޮއްދޫގައި ސާފު ކުރުމުގެ ހަރަކާތް ހިންގީ ބަލިތަކުން ރައްކާތެރިވުމުގެ ބޭނުމުގައި ކަމަަށެވެ. އެގޮތުން ޗިކަންގުންޔާ އާއި ޑެންގޫފަދަ މަދިރިން ފެތުރޭ ބަލިތަކުން ރައްްކާތެރިވުން ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ. މި ޕްރޮގްރާމްގައި ގުރޫޕްތަކަށް ބަހާލައިގެން ގޭގޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ އިތުރަށް ރަށުގެ ގޮނޑުދޮށް ސަރަހައްދު ސާފުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST