ފޮއްދޫ ގުރުއާން މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ނ. ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ. މިރަށު ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 12 ދުވަހުގެ ނިޔަލަށެވެ. މުބާރާތް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ރޯދަމަހުގެ 15ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ 25 އަހަރުން ދަށުގެ ފަރާތްތަކަށެވެ. އަދި ފޮއްދޫ ރަށްވެސަކާއި ކައިވެނިކޮށްގެން އުޅޭ 25 އަހަރުން ދަށުގެ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ފޮއްދޫގެ ރައްޔިތުން ގުރުއާން ކިޔެވުމަށް އަހުލުވެރިކުރުމުގެ ނިޔަތުގައި ރަށު ކައުންސިލުން ބާއްވާ މި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST