ވެލިދޫ ހޮސްޕިޓަލް ކުރަހަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ނ.ވެލިދޫގައި ހޮސްޕިޓަލް އިމާރާތް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށް، ގެޒެޓް ކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ މަހު ކުރި އިއުލާން ބާތިލުކޮށް އަލުން ކުރެހުން ކުރަހަން އިއުލާންކުރީ މައުލޫމާތަށް ގެނަައި ބަދަލަކާ ގުޅިގެން ކަމަށެވެ. އަލަށް ކުރި އިއުލާނުގައި ބުނެފައި ވަނީ ވެލިދޫ ހޮސްޕިޓަލް ކުރަހާ ބިއޯކިޔު ހަދަން ޝައުޤުވެރިވާ ފަރާތްތައް 22 އޭޕްރީލް ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޭޕްރީލް ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވެލިދޫގައި ހޮސްޕިޓަލް އެޅުމަށް 110،557.66 އަކަ ފޫޓް ބިމެއް ދިނުމަށް އައިލެންޑް ޑިވޮލަޕްމަންޓް ކޮމެޓީގެ އަގުލަބިޔަތުން ވަނީ ނިންމާފަ އެވެ. މި ބިމަކީ ވެލިދޫ ސްކޫލްގެ ދަނޑު ހިމެނޭ ސަރަހައްދެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ