"ސާފު ފޮއްދޫ އަހަރެންގެ ޒިންމާ"ގެ ދަށުން ފޮއްދޫ ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

"ސާފު ފޮއްދޫ އަހަރެންގެ ޒިންމާ"ގެ ދަށުން ފޮއްދޫ ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ. މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ފޮއްދޫ ޒުވާނުންގެ ބައެއްކަމުގައިވާ "ޑާކް ސިޓީން" އިސްނަގައިގެން ރަށު ކައުންސިލާއި ހެލްތް ސެންޓަރު އަދި ސާއްބަ ސަމަސުއިޓް ގުޅިގެންނެވެ. މިހަރަކާތް އިންތިޒާމުކުރާ ފަރާތުން އެންޑީ އަށް މައުލޫމާތުދެމުން ބުނީ ފޮއްދޫގައި ސާފު ކުރުމުގެ ހަރަކާތް ހިންގަނީ ބަލިތަކުން ރައްކާތެރިވުމުގެ ބޭނުމުގައި ކަމަަށެވެ. އެގޮތުން ޗިކަންގުންޔާ އާއި ޑެންގޫފަދަ މަދިރިން ފެތުރޭ ބަލިތަކުން ރައްްކާތެރިވުން ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ. ހޮނިހިރު ދުވަހު ހެނދުނު 7:00 ގައި ފަށާ މި ޕްރޮގްރާމްގައި ގުރޫޕްތަކަށް ބަހާލައިގެން ގޭގޭގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ އިތުރަށް ރަށުގެ ގޮނޑުދޮށް ސަރަހައްދު ސާފުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ