• އަލިފާން ނިތްވާ އާލަތް ހަދިޔާ ކުރިކަމުގެ ލިޔުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިނާ ހަވާލު ކުރަނީ. ފޮޓޯ/އެންޑީ

ވެލިދޫގައި ހިންގާ އަލިފާން ނިއްވަން ދަސްކޮށްދޭ ތަމްރީނުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ނ. ވެލިދޫ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ހިންގާ އަލިފާން ނިއްވަން ދަސްކޮށްދޭ ތަމްރީނުގައި ބައިވެރިވުމަށް ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ތަމްރީނުތަކުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު 2:00 ގެ ނިޔަލަށެވެ. މި ތަމްރީނުތަކުގައި ބައިވެރިވާން ބޭނުންވާ ދެ ޖިންސުގެ ފަރާތްތަކަަަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދާދި ފަހުން އެމްއެންޑީއެފް އިން ވަނީ ވެލިދޫ އަށް އަލިފާން ނިއްވާ އާލަތެއް ވެސް ހަދިޔާ ކޮށްފަ އެވެ. މި ތަމްރީނުތަކުގައި މި އާލަތް ބޭނުންކުރަންވީ ގޮތް ކިޔައިދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސް މިނިސްޓަރު ވެލިދޫ އަށް ވަޑައިގެން ވިދާޅުވެފައި ވަނީ މި ތަމްރީނުގައި ވީހާވެސް ގިނަ ކަނބަލުން ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަަށެވެ. އަދި ވެލިދޫގައި އަލިފާން ނިއްވާ އުޅަނދަކާއި ސްޓޭޝަނެއް ގާއިމު ކޮށްދެއްވާނެކަމުގެ ފެހި ސިގުނަލު މިނިސްޓަރު ދެއްވާފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ