ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ޅޮހީ ސްކޫލްގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނ. ޅޮހީ ސްކޫލްގައި ހާއްސަ ހަރަކާތްތަކެއް މިއަދު ބާއްވައިފި އެވެ.

ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޅޮހީ ސްކޫލްގައި އެންމެ ފުރަމަތަ ބާއްވާފައި ވަނީ ހާއްސަ އެސެމްބްލީ އެކެވެ. މި އެސެމްބްލީގައި ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް ބައިވެރިވެފައިވެ އެވެ. މި އެސެބްލީގައި ދިވެހިބަހާ ބެހޭ ގޮތުން ދަރިވަރުން ވަނީ ޝުއޫރު ފާޅު ކޮށްފަ އެވެ.

މިއަދު ހަވީރު ވަނީ ދިވެހި ސަގާފަތް ދަސްކޮށްދޭ ހަރަކާތްތަކާއި  ކާބަފައިން ގެންގުޅިފައިހުރި ކުރީގެ ސާމާނުގެ ނަންތައް ދަރިވަރުންނަަށް ދަސްކޮށްދިނުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. އަދި ހައުސްތަކަށް ބަހާލައިން ވާހަކަ ދެއްކުމުގެ މުބާރާތެއް ފަށާފަ އެވެ. މި މުބާރާތް ނިމޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ރެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ