މިނިސްޓްރީއާ ގުޅިގެން ފޮއްދޫގައި ދީނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ނ. ފޮއްދޫ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިއްޔެ ރަށުގައި ހިންގައިފި އެވެ.

މިނިސްޓްރީގެ ފަރާތުން އައި ޝޭހެއް ވަނީ ރަށުގެ އަންހެނުންނާއި ސުކޫލް ކުދިންގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށް ދަރުސްތަކެއް ހިންގާފަ އެވެ. އަދި ދީނީ ގޮތުން ރައްޔިތުން މެދުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ވެސް ޝޭހް ވަނީ ދެއްވާފަ އެވެ.

ފޮއްދޫ ކައުންސިލުން ބުނީ މިފަދަ ދަރުސްތަކެއް ބޭއްވުމުގެ ބޭނުމަކީ ކުރިޔަށް މިއޮތް ރޯދަމަހަށް އަމާޒުކޮށް، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު އޮޅުންފިލުވައި ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ