ޅޮހީ ސްކޫލްގެ ނެޓްބޯޅަ މުބާރާތް ނިންމާލައިފި

ނ. ޅޮހީ ސްކޫލްގެ އިންޓަހައުސް ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފި އެވެ.

އިންޓަހައުސް ތިންވަނަ ނެޓްބޯޅަ މުބާރާތުގެ ސީނިއަ ބައިގައި ފައިނަލް މެޗްގައި ބައްދަލުކުރީ ގާޒީ އަދި ހިލާލީ ހައުސް އެވެ. މިބައިގެ ޗެމްޕިއަންކަން ނަގާފައި ވަނީ ހިލާލީ ހައުސް އިން އެވެ.

ޖޫނިއަ ބައިގައި ވެސް ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ގާޒީ އަދި ހިލާލީ ހައުސް އެވެ. ނަމަވެސް މިބައިގެ ޗެމްޕިއަންކަން ނަގާފައި ވަނީ ގާޒީ ހައުސް އެވެ.

މި މުބާރާތަކީ ޅޮހީ ސްކޫލްގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރަށް ލޯބި ޖެއްސުމަށް ބޭއްވި މުބާރާތަކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ