ވެލިދޫ ދާއިރާގެ ގޮނޑި ތަފާތު ބޮޑުކޮށް އެސްޕީ މޯޑަށް!

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ވެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަބްދުﷲ ޝަފީގް (އެސްޕީ މޯޑް) ކާމިޔާބު ކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން އެސްޕީ މޯޑު މިގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ 1240 ވޯޓާ އެކު 53.75 އިންސައްތައިގެ ނަތީޖާއަކާ އެކު އެވެ. އެމްޑީޕީގެ ކެންޑިޑޭޓާ އެންމެ ކައިރިން ވާދަކުރައްވާފައި ވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު އައްބާސް އެވެ. އެ ބޭފުޅާ އަށް ލިބިފައި ވަނީ 1009 ވޯޓާ އެކު 43.74 އިންސައްތަ އެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން މުހައްމަދު އަބްދުﷲ ޝަފީގަށް ވަނީ މުހައްމަދު އައްބާސް އަށް ވުރެ އިތުރަށް 231 ވޯޓް ލިބިފަ އެވެ. ވެލިދޫ އަށް ނިސްބަތްވާ ތިން މީހަކު ކުރިމަތިލި މިދަައިރާގައި ދެން ވާދަކުރައްވާފައި ވަނީ މުސްތަފާ އާދަމް އެވެ. އޭނާ އަށް ލިބިފައި 58 ވޯޓާއެކު 2.51 އިންސައްތަ އެވެ.

ނިމިދިޔަ 18ވަނަ މަޖިލިސް އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު ވެސް އެންމެ ވާދަވެރިކޮށް ވެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކޮށްފައި ވަނީ އެމްޑީޕީ އަދި އެމްޑީއޭ އެވެ. އެފަހަރު ވެސް ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ 13 ވޯޓްގެ ފަރަގަކާ އެކު އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ